English Edition
Dhivehi Edition

ޝަރީފީ ޕްރީ ސްކުލުގެ 11 ވަނަ މަދަހަ މުބާރާތް ބާއްވައިފިއެވެ. މިއަދު ހެނދުނު ޝަރީފީ ޕްރީ ސްކޫލުގައި ކުރިއަށް ދިޔަ މި މުބާރާތުގައި 22 ދަރިވަރުން ބައިވެރިވެފައެވެ. އެ ސްކޫލުގެ ކްލާސްތަކުގެ މެދުގައި ބޭއްވި މަދަހަ މުބާރާތުގައި ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ ގެ ކުދިންވަނީ މަދަހަ ހުށަހަޅާފައެވެ.މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ޝަރީފީ ޕްރީ ސްކޫލުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. ޝަރީފީ ޕްރީސްކޫލުން ބުނެފައިވަނީ މަދަހަ މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ދަރިވަރުންގެ ހިތުގައި ދީނީ ލޯބި ޖެއްސުމާއި ދަރިވަރުންގެ ހިތްތަކުގައި މަދަހަ ކިއުމަށް ލޯބި ޖެއްސުންކަމުގައެވެ. އަދި ދަރިވަރުންނަކީ ކަންކަމަށް އިސްނަގާ، ކެރޭ ދަރިވަރުންނަށް ހެދުންކަމުގައި އެ ސްކޫލުން ވަނީ ބުނެފައެވެ. މި އަހަރުގެ މުބާރާތުގައިވެސް ކުދިންގެ ފަރާތުން ފެނިގެން ދިޔަ ހުށަހެޅުންތަކާމެދު ހިތްހަމަޖެހޭ ކަމަށް އެ ސްކޫލުންވަނީ ބުނެފައެވެ. 2016 އަހަރު ރަމަޟާން މަހު އެ ސްކޫލުގައި ބޭއްވި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ރައިނާ އަލީ ޝަރީފްއެވެ