ޖެޕީގެ ކައުންސިލް މެމްބަރުކަން ކޮށްފައިވާ އިމާދު ސޯލިހް އެމްޑީޕީ އަށް ސޮއިކޮށްފިއެވެ.އިމާދު އެމްޑީޕީ އަށް ސޮއިކުރީ ރޭ އައްޑޫ ސިޓީ މީދޫ އެމްޑީޕީ ޖަގަހައިގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ހުޅުދޫ މީދޫގެ ގިނަ އަދަދެއްގެ އެމްޑީޕީ މެމްކބަރުން ބައިވެރިވި މި ބައްދަލުވުމުގައި މީދޫ ދާއިރާގެ ކައުންސިލް މެމްބަރު މުހައްމަދު ހިޔާޒުވަނީ ބައިވެރިވެފައެވެ. ރޭގެ ހަފްލާގައި މެމްބަރުންނާއި ވާހަކަދައްކަމުން އިމާދު ބުނެފައިވަނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ 2018 އެމްޑީޕީއަށް ކާމިޔާބުކޮށްދިނުން ކަމުގައެވެ. އެމްޑީޕީ އަށް ސޮއިކުރުމުގެ ކުރިންވެސް އިމާދުވަނީ އެމްޑީޕީގެ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެފައެވެ. މިގޮތުން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި އިމާދުވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން އެމްޑީޕީ އުފެއްދުމަށްޓަކައި އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ފަންސާސް މެމްބަރުގެ ތެރޭގައި އިމާދު ހިމެނެއެވެ.