English Edition
Dhivehi Edition
އަވަސް ފޮޓޯ

ރިޝްވަތު ހުށަހަޅައި ގާނޫނީ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

މިމަހު 6 ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރުކޮށްފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ، މ. އެންދެރިމާގޭގައި ހުންނަވަނިކޮށެވެ. މައުމޫން ހައްޔަރުކޮށް ހަމަ އެރޭ ވަނީ ދޫނިދުއަށް ގެންގޮސްފަ އެވެ.

ރައީސް މައުމޫންގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫން މާފުއްޓަށް ބަދަލުކޮށްފައި ވަނީ މިރޭ ކަމަށާއި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށްފައިވާއިރު ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގެ ތުހުމަތެވެ.