English Edition
Dhivehi Edition

ސަރުކާރާ އިދިކޮޅު ކޯލިޝަންގައި ތިއްބެވި ޤާނޫނީ ވަކީލުންނަށް ފާޑުކިޔުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަމާޒުކުރައްވައިފިއެވެ.

ރުމާލު 2 ޖަގަހާގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ޖަލްސާގައި ވާޙަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އިދިކޮޅު ވަކީލުން ބުނެފައިވަނީ ސަރުކާރު ނުވަތަ ރައީސް ޔާމީން ޤާނޫނީ ޚުދޫދާ ޚިލާފުވީކަމަށެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން މުތުލަގު ބާރެއް ހޯދުމުން އެކަމަށް އެވަކީލުން ފާޑު ކިޔާފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

“މާއްދިއްޔަތައް އެދިގެން އެބޭފުޅަކު ބޭނުން ގޮތެއް ހޯދަން ވަކާލާތު ކުރާ ވަކީލުން މިބުނަނީ ފުންނާބު އުސް ވަކީލުން ކަމަށް” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމުރު ތަންފީޒު ކުރަން ފުލުހުން ތެޅިގަތްނަމަ ފެބްރުއަރީ 07 ތަކުރާރު ވީސްކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރު އަނބުރާ ގެންދިއުމުން މިއެނގުނީ ރައީސް ދެއްކެވި ވާހަކަފުޅު ރަނގަޅު ކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.