ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްޓެލްކޯގެ ފްލެޓަކުން މިއަދު ހެނދުނު ދެ އަހަރުގެ ކުޑަކުއްޖަކު ވެއްޓި ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާރާތުން ވެއްޓުނު ކުއްޖާ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވީ ނަމަވެސް، އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ ނިޔާވެފައެވެ.
މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ލިބިފައި ނުވާއިރު ފުލުހުން ވަނީ މި ފަދަ ކަންކަން އިތުރަށް ރިޕޯޓްކުރުމާއި ހިނގި ތަނުގެ ތަފްސީލު ހާމަކުރުން ނުވަތަ ފޮޓޯއާއި ވީޑިއޯ ދެއްކުމަކީ، ކުޑަކުދިންނާއި ނަފްސާނީ ގޮތުން ބަލިކަށި ފަރާތްތަކަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، މިފަދަ ހާދިސާތައް މުޖުތަމައުގައި އިތުރުވުމަށް މެދުވެރިވެދާނެ ކަމެއްކަން ފާހަގަކޮށްފައެވެ.