English Edition
Dhivehi Edition
ޕާސްޕޯޓު

މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރު ރަށްރަށަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ގދ. ގައްދޫގައި އިއްޔެ ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މި ޚިދުމަތް ތަޢާރަފްކުރުމާ ގުޅިގެން ގދ. އަތޮޅުގެ ރައްޔިތުންނަށް މިހާރު ތިނަދޫ ސިޓީގެ އިތުރުން ގައްދޫއިންވެސް ޕާސްޕޯޓު ހެއްދުމާއި ޕާސްޕޯޓާ ގުޅޭ އެހެނިހެން ޚިދުމަތްތައް ލިބިގެންދާނެއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ އިމިގްރޭޝަނުން ދެމުންދާ ޕާސްޕޯޓުގެ ޚިދުމަތްތައް ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން ނަމަވެސް ފެންވަރު ރަނގަޅުކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މީގެ ކުރިން މިފަދަ އަސާސީ ޚިދުމަތްތައް ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކުގެ ސަބަބުން ރައްޔިތުންގެ އަތުން ބޮޑު ހޭދައެއް ކުރަންޖެހުނު ނަމަވެސް، އަތޮޅުތެރޭގައި މި ޚިދުމަތް ފުޅާވުމުން އެ މާލީ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.