English Edition
Dhivehi Edition

“ވަގުތު” އިން އިންތިޒާމް ކޮށްގެން ބާއްވާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ މީޑީއާ ޕާޓްނަރަކަށް އޭއޯ ނިއުސް ހަމަޖައްސައިފިއެވެ. މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް އޭއޯ ނިއުސް ހަމަޖެއްސުމަށްފަހު އެކަމުގެ އެއްބަސްވުމުގައި މިހާރުވަނީ ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ސޮއިކުރީ އޭއޯނިއުސްގެ އޮފީހުގައެވެ. އެއްބަސްވުމުގައި ވަގުތުގެ ފަރާތުން ސޮއިކުރީ، ސީ.އީ.އޯ އަހުމަދު އިމްރާނެވެ. އޭއޯ ނިއުސްގެ ފަރާތުން ސޮއިކުރީ، ސީ.އީ.އޯ ޝިމްލާ އަހުމަދެވެ. މި އެއްބަސްވުމުގެ ދަށުން މުބާރާތާ ގުޅޭ ރިޕޯޓުތަކާއި ޚަބަރުތައް އޭއޯއިން ގެނެސްދޭނެއެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ފިތުރު އީދުދުވަހުއެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑުއެވެ. މުބާރާތް ކުރިއަށްދާނީ ހިތަދޫ މަނިކުދަނޑުގައެވެ. މުބާރާތަށްޓަކައި އެ ދަނޑުގައި މިހާރުވަނީ ލެޑްލައިޓް ހަރުކޮށް ރޭގަނޑު ކުޅެވޭ ފެންވަރަށް ތައްޔާރު ކޮށްފައެވެ. ޖުމްލަ 16 ޓީމް ބައިވެރިވެފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ހުށަހަޅައިފައިވެއެވެ. ދެވަނަ ޓީމަށް ހުށަހަޅައިފައިވަނީ ތިރީސްހާސް ރުފިޔާއެވެ. މިއަހަރުން ފެށިގެން ދެން ކޮންމެ އަހަރަކު މިމުބާރާތް އައްޑޫގައި ބާއްވާނެ ކަމަށް “ވަގުތު” އިން ބުނެފައިވެއެވެ.