English Edition
Dhivehi Edition

ޤައުމީ ތަރައްޤީގައި ފާހަގަކުރެވޭ ޙިއްޞާއެއް އޮވެ، ޤައުމަށް ބޮޑެތި ލާބަޔާ މަންފާލިބޭ ޚިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަގުވަޒަންކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ކޮންމެ އަހަރަކު ދޭ “ރެހެންދި އެވޯޑު” އަށް ނަން ހުށަހެޅުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ

މި އެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުޞަތު އަދި މުއައްސަސާ، އޮފީސް އަދި ކުންފުނިތަކުން ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ 08 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ އިތުރުކުރެވިފައެވެ

މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ މލިޔުމާއި އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިންވަނީ ބުނެފައެވެ. މީގެ އިތުރުން މި އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތަފްސީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ހިމަނާފައިވާނެކަމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ