މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް، އެމްޑަބްލިޔުއެސްސީގެ ޗެއާމަން ޝަމްހޫޒާ އަހްމަދު އެ މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެ ބޯޑުން ބުނީ، ޝަމްހޫޒާ އަހްމަދު މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ޗެއާމަންކަމުގެ މަގާމުންނާ، ޑިރެކްޓަރުންގެ ބޯޑުންވެސް ވަކިކޮށްފައިވާ ކަަމަށެވެ.
ޝަމްހޫޒާ މަގާމުން ވަކިކޮށްފައިވާއިރު ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެކި ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އަންނަނީ، ބަދަލުތައް ގެންނަވަމުންނެވެ.