އައްޑޫ ސިޓީގެ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ސިޓީގެ އިގްތިސާދީ ހަލުވި ދުވެއްޔެއްގައި ކުރިއަށް ބޭރުކުރުމަށް ބާއްވާ އައްޑޫ ބިޒްނަސް ޑައިލޮގް މިއަދު ހިތަދޫ ސްކޫލުގައި ފަށައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކަނޑައަޅުއްވާފައިވާ “އެކްސްލެރޭޓެޑް ޑިވެލޮޕްމަންޓް” ނުވަތަ ހަލުވި ތަރައްގީގެ ސިޔާސަތު ތަންފީޒުކުރުމެވެ. މީގެ ތެރޭގައި ހިމެނެނީ 2027 އިން 2029 އަށް އައްޑޫގެ ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ދިނުމާއެކު ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތައް ސީދާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމުގެ ފުރުސަތު ދިނުމެވެ. އަދި ޓެކުހުގެ ނިޒާމަށާއި، މާލީ އެހީތެރިކަން ހޯދުމުގައި ހުރި ލުއިފަސޭހަތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ،
މި މަހާސިންތާގެ ދައުލަތުގެ ގިނަ މުއައްސަސާތަކެއްގެ އިސްވެރިން ބައިވެރިވާއިރު އޭގެ ތެރޭގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާ، ފަތުރުވެރިކަމާ ބެހޭ ވުޒާރާ.، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަދި ބޭންކުތައް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހިމެނެއެވެ.
މި މަހުގެ 13 އަދި 14 ގައި ކުރިއަށްދާ މި ބައްދަލުވުމަކީ ޕައިލެޓް ޕްރޮޖެކްޓެކެވެ. އައްޑޫގައި މި މޮޑެލް ކާމިޔާބުކަމާއެކު ހިންގިއްޖެނަމަ، ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ އިގްތިސާދީ “ބޫސްޓް” ޕްރޮގްރާމްތައް ތައާރަފްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.