English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު 6 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ހުކުމްކޮށްފައި ވަނީ ގ. ސައުތުބްރީޒް / މާލެ، މަރްޔަމް ރިޔާސާ (43އ) ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ (ގާނޫނު ނަންބަރު 17/2014) ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ. މި މައްސަލާގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ޖިންސީ ކުށުގެ ގާނޫނުގެ 44 ވަނަ މާއްދާއާއި 35 ވަނަ މާއްދާގެ ދަށުން މަރްޔަމް ރިޔާސާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 6 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައި ވަނީ މެއި 3 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ، މިއީ ރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައަކަށް ހެދުމަށްޓަކައި ފުލުހުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކާމިޔާބީއެއްކަމަށެވެ. ފުލުހުންގެ މަސައްކަތްތަކަށް ދައުލަތުގެ އެކި އިދާރާތަކުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ވަނީ މި ފުރުސަތުގައި ފާހަގަކޮށްފައެވެ.