English Edition
Dhivehi Edition
ރައީސް މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުއާ ގުޅުވައިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކާއި ވީޑިއޯތައް ފަތުރާ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމަނިކުފާނު ނިންމަވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ، ދޮގު މައުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދަދު ނޫހުގެ ނޫސްވެރިއަކު އެ ނޫހުން އުފެއްދި ވީޑިއޯއަކާ ގުޅިގެން ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ދޮގު މައުލޫމާތު ފެތުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ދޮގު މައުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން މިކަމަށް އިންސާފު ހޯއްދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.