ފުވައްމުލަކު ސިޓީގައި ގާއިމްކުރާ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކުގެ ފައުންޑޭޝަން ބީމް ޝަޓަރިން އާއި ރިއިންފޯސްމަންޓް މަސައްކަތް ފަށައިފިއެވެ.
ފުލުހުންގެ އެކޮމޮޑޭޝަންގެ ބްލޮކްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކަަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 4ވަނަ ދުވަހު ކުރެއްވި ޒިޔާރަތުގައެވެ.
އެމްޓީސީސީ އިން ކުރިއަށް ގެންދާ މި މަޝްރޫއާ ގުޅޭ ގޮތުން އެ ކުންފުނިން ބުނީ ފުވައްމުލަކު ޕޮލިސް އެކޮމޮޑޭޝަން ބްލޮކް އިމާރާތް ކުރުމުގެ މަސައްކަތުގެ ފައުންޑޭޝަން ބީމް ޝަޓަރިން އާއި ރިއިންފޯސްމަންޓް މަސައްކަތް މިހާރު ކުރިއަށް ދާ ކަަމަށެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އެކޮމަޑޭޝަން ބްލޮކަކީ 11,946 އަކަފޫޓުގެ ސަރަހައްދެއްގައި 3 ފަންގިފިލާގެ އިމާރާތްކުރާ ތަނެކެެވެ. އެއިން ކޮންމެ ފަންގިފިލައެއްގައި 3982 އަކަފޫޓު ހުންނާނެއެއެވެ. މިއީ 19.17 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.