English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ, މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް

ސަރުކާރު ހިންގުމުގައި ރައްޔިތުން ދީފައިވާ މެންޑޭޓުން ބޭރު އެއްވެސް ކަމެއް ނުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުން ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހެޅުމާ ގުޅިގެންނެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުން އެމަނިކުފާނާ ހަވާލުކުރީ ފަސް އަހަރުގެ ދައުރެކެވެ. އެ މުއްދަތުގައި މަސައްކަތް ކުރާނީ ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި މެނިފެސްޓޯގައިވާ ގޮތަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެހެންކަމުން މަޝްވަރާތަކަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި ބަދަލުތަކުގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާއާއި ސަރުކާރުގެ އިސްވެރިޔާ ވަކި ބޭފުޅުންނަށް ހެދުން ހިމެނެ އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ފޯކަސް ކުރައްވާނީ ރައްޔިތުންގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ކަމަށެވެ.