English Edition
Dhivehi Edition
އުރީދޫ އެއާ ފައިބާ

ހުޅުމާލޭގެ ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބިނާކޮށްފައިވާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އުރީދޫ މޯލްޑިވްސްއިން ޚާއްޞަ ހަދިޔާއެއް އިޢުލާންކޮށްފިއެވެ. އެގޮތުން، އާންމުކޮށް 3,999 ރުފިޔާއަށް ވިއްކާ އުރީދޫގެ “އެއާ ފައިބާ” ޑިވައިސް މިހާރު މި ފްލެޓްތަކުގެ ކަސްޓަމަރުންނަށް މުޅިން ހިލޭ ލިބިގެންދާނެއެވެ.

އުރީދޫން މި ފުރުޞަތު ހުޅުވާލާފައިވަނީ ފްލެޓްތަކުގައި ފައިބާ ކޭބަލްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ. މި ޕްރޮމޯޝަންގެ ދަށުން ދޫކުރާ އެއާ ފައިބާ ޑިވައިސްއާއެކު، އެންމެ ކުޑަ ޕެކޭޖު އިޚްތިޔާރު ކުރި ނަމަވެސް 100 އެމްބީޕީއެސް ގެ ބާރު ސްޕީޑުގައި ހަލުވި އިންޓަނެޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޚިދުމަތާ ގުޅޭ މަޢުލޫމާތު ދިނުމަށް އުރީދޫގެ ޚާއްޞަ ޑެސްކުތަކެއް މިހާރު ވަނީ ހުޅުމާލެ ފޭސް 2 ގެ އަމާން ޓަވަރުތައް ކައިރީގައި ބަހައްޓާފައެވެ. މި ޑެސްކުތަކުން ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ޚިދުމަތް ލިބޭނެއެވެ.

އެއާ ފައިބާ ޑިވައިސް ހިލޭ ލިބުމުގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން އުރީދޫގެ ރީތި ނަންބަރުތައް ހޯދުމުގެ ފުރުޞަތާއި، އުރީދޫ ކްލަބް ޕްރެމިއާގެ މެންބަރަކަށް ވުމުގެ ފުރުޞަތު ވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ. މީގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ޕެޓްރޯލް އެޅުމުން ލިބޭ ޑިސްކައުންޓް ފަދަ އިތުރު އިނާޔަތްތައް ވެސް ވަނީ ހިމަނާފައެވެ.

މި ޚިދުމަތަށް އެދި އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ވެސް އެޕްލައި ކުރެވޭނެއެވެ. ފޯމު ހުށަހަޅައި، މުވައްޒަފަކާ ގުޅުމާއެކު 24 ގަޑިއިރުގެ ތެރޭގައި ޚިދުމަތް ގުޅައިދޭނެ ކަމަށް އުރީދޫން ކަށަވަރުކޮށްދެއެވެ.

ޓެގު