English Edition
Dhivehi Edition
އަމާން އުދަރެސް ފްލެޓްތައް: ފޮޓޯ ފިޔަ

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ފޯމު ހުށަހެޅުމަށް ސަރުކާރުން ދީފައިވާ މުއްދަތު، އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި މީގެކުރިން މި މަހުގެ 30 އަށް ކަނޑައަޅާފައި އޮތް ނަމަވެސް، މިހާރު އެ މުއްދަތު މެއި 31 ގެ 23:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. މިއީ ވީހާވެސް ގިނަ ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދިނުމަށް ނިންމި ނިންމުމެކެވެ.

މި މަޝްރޫއުގެ ދަށުން ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުން ދޫކުރާ 7,900 ފްލެޓަށް އެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓް ހިމެނެއެވެ.

ސަރުކާރުގެ އަމާޒަކީ މި ދިން އިތުރު ފުރުސަތުގެ ބޭނުން ހިފައި، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ހުރިހާ ފަރާތްތަކަކަށްވެސް ފޯމު ހުށަހެޅުމުގެ މަގު ފަހިކޮށްދިނުމެވެ.

ޕޯޓަލް ލިންކު: މިތަނަށް ފިތާލައިގެން ބައްލަވާލެއްވޭނެ.