English Edition
Dhivehi Edition
ޑެންގީ ޖެހިގެން ނިޔާވި ޒުވާނާ

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި، ޒުވާނާ ނިޔާވެއްޖެއެވެ.

އުމުރުން 23 އަހަރުގެ މި ޒުވާނާއަށް ޑެންގީ ޖެހިގެން ފުރަތަމަ ފަރުވާ ދީފައި ވަނީ ށ. މިލަންދޫގައެވެ. އެއަށްފަހު ހާލު ސީރިއަސްވުމުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ވެސް ފަރުވާ ދިނުމަށް ފަހު އިއްޔެ ވަގުތެއްގައި އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.

އެ ޒުވާނާ ނިޔާވީ މާލެއަށް ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.

ޑެންގީ ޖެހިގެން ޒުވާނަކު ނިޔާވެފައިވާ އިރު، މި ދުވަސްވަރު ކަންބޮޑުވާ މިންވަރަށް ޑެންގީ ފެތުރެމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެ ގޮތުން މިދިޔަ މާޗްމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ މަހު އެކަނި ވެސް ވަނީ 535 ކޭސް ރިޕޯޓްކޮށްފައިވެއެވެ.