English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ގައުމަށް ބޭނުންތެރި ހިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ ވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގެ އެކްސްގައި އެމަނިކުފާނުގެ ރަސްމީ އެކައުންޓު މެދުވެރިކުރައްވައި ދުވަހުގެ ތަހުނިޔާ ފޮނުއްވަމުންނެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ މިއަދަކީ މި ގައުމަށްޓަކައި ރެޔާއިދުވާލު ހިންމަތާއެކު ހިދުމަތްކުރަމުންދާ ނޫ ލަޝްކަރުގެ ދުވަސްކަމުގައެވެ. މިއަދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހިދުމަތް އުފެދުނީއްސުރެ މިއަދާ ހަމައަށް އެކި ދުވަސްވަރު މަގާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި އާއިލާއަށް ތަހުނިޔާއާއި ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ މި ގައުމުގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދޭސީއަކާއި ބިދޭސީއަކަށްވެސް އަމާންކަމާއި އިތުބާރު ދިވެހިރާއްޖެއިން ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ ޒިންމާ އަދާކުރާ، ގާބިލް ބައެއްގެ ގޮތުގައި ދެމިތިބުމަށް އެދިވަޑައިގެންފައެވެ.