English Edition
Dhivehi Edition

މާލޭގައި ހިންގާ އާޓް ސްޓޫޑިއޯއެއްގައި 19 އަހަރުގެ ޒުވާން އަންހެނަކު ރޭޕްކުރި މައްސަލަ ތަހުގީގު ކުރުމަށްފަހު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޖެނުއަރީ 5 ވަނަދުވަހު ފުލުހުން ބަލަން ފެށި އެ މައްސަލައާ ގުޅުންހުރި ކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރު ކުރިއެވެ. އެ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ހަސަން ފާއިޒް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ގދ. ތިނަދޫން އިންނެވެ.

ޖެނުއަރީ 22 ވަނަ ދުވަހު ކޯޓުންވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައި ދެއްވައިފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.