English Edition
Dhivehi Edition
ފޮރިން މިނިސްޓަރު ހަލީލް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގައި

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 2028 އިން 2030 އަށް ހިނގާ ދައުރުގެ މެންބަރުކަން ހޯދުމަށް ރާއްޖެއިން ކުރިމަތިލައި، އެކަމަށް ބޭނުންވާ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ. މިކަން އިއުލާންކުރެއްވީ އެ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. މިއީ އިންސާނީ ހައްގުތަކުގެ ދާއިރާއިން އިންޓަނޭޝަނަލް މައިދާނުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒެކެވެ.

މިއީ އދ.ގެ އެންމެ ވާދަވެރި އެއް އިދާރާ ކަމަށްވާ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެއިން ވާދަކުރާ ހަތަރުވަނަ ފަހަރެވެ. ރާއްޖެއިން މީގެ ކުރިން ތިން ދައުރެއްގައި އެ ކައުންސިލްގެ މެންބަރުކަން އަދާކޮށް، މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން 2011 އިން 2013 އަށް، 2014 އިން 2016 އަށް އަދި 2023 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއިން ވަނީ އެ ކައުންސިލްގައި ރާއްޖެ ތަމްސީލުކޮށްފައެވެ. އަދި ރާއްޖެއިން ވަނީ ކުރިން މި ކައުންސިލްގެ ނައިބު ރައީސްކަން ވެސް ކާމިޔާބުކަމާއެކު އަދާކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ކައުންސިލަށް ކުރިމަތިލުމަކީ އިންސާނީ ހައްގުތަކާއި އަމިއްލަ މިނިވަންކަން ރައްކާތެރިކުރުމަށް ރާއްޖޭގެ ސަރުކާރުން ދޭ ހާއްސަ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެކެވެ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަކީ މުޅި ދުނިޔޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އުފުލާ އދ.ގެ އެންމެ މުހިންމު އެއް ގޯތީއެވެ. ރާއްޖޭގެ މި ނިންމުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަރުގަދަކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.