މާލެއިން، ގެއްލިގެން ހޯދަމުންދިޔަ މީހާ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވެއްޖެއެވެ.
މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް އަލީ (30އ) އެވެ.
އްޔެ ރޭ އޭނާ ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވާއިރު ފުލުހުން ބުނީ އޭނާ ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް މީހުން ގެއްލިގެން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވާއިރު މިފަދަ މައްސަލަތަކުގައި ގެއްލިގެން އިއުލާންކުރުމުން،އަމިއްލައަށް ފުލުހުންނަށް ހަބަރުވާކަން ފާހަގަކޮށްލެވެއެވެ.