ރާއްޖޭގެ މިވަގުތު އެންމެ ފުޅާދާއިރާއެއްގައި އަބާޔާގެ ވިޔަފާރި ކުރަމުންދާ ފަށުވިފޭރާމުން މިވަނީ ކަސްޓަމަރުންނަށް ވަރަށް އަގުހުރި އިނާމުތަކާއި އެކު ރޯދަ ޕްރޮމޯޝަން ފަށާފައެވެ.
28 ފެބްރުއަރީ އިން 28 މާރޗް ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ޢުމްރާ ދަތުރެއް ލިބިގެންދާނެއެވެ. އަދި މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާ އަކު އެއްފަހަރު ގުރުއަތުން ނެގޭ ނަސީބުވެރި ފަރާތަކަށް އެކަސްޓަމަރަކު ބޭނުންވާ އަބާޔާއެއް ފަށުވިފޭރާމުން ލިބޭނެއެވެ.
ކުރިޔަށް މިއޮތް އަޟުޙާ ޢީދަށްވެސް އަބާޔާ އޯޑަރކޮށްލަން މިއީ ރަނުގެ ފުރުޞަތެކެވެ. ކޮންމެ އީދަކަށް މަންމައާއި ދަރިފުޅުގެ މެޗިން އަބާޔާ ޑިޒައިންތައް ވެސް ފަށުވި ފޭރާމުން ފޯރުކޮށްދެއެވެ.
ދުބާއީގެ މޮޅު އަބާޔާތައް ފަށުވިފޭރާމުން ކަސްޓަމަރުންނަށް ސާބިތުކަމާއި އެކު ގެނެސްދެމުން އަންނަތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ރާއްޖޭގެ އެންމެ ދެކުނުން ފެށިގެން އުތުރުގެ ރަށްތަކަށް ފަށުވިފޭރާމުން ޑެލިވަރީގެ ޚިދުމަތްތައް ފޯރުކޮށްދެއެވެ. އެގޮތުން އެމްބްރޮއިޑްރީ ، ބީޑެޑް، ސިމްޕަލް ، ލޭސް، ކާރޑިގަން އަދިވެސް ތަފާތު އެތައް ޑިޒައިންތަކުގެ އަބާޔާތައް ކޮލިޓީ ފޮތީގައި ފަށުވިފޭރާމުން ފޯރުކޮށް ދެއެވެ.

މީގެ އިތުރުން މިވަގުތު ވެސް ދުބާއީގެ އޮރިޖިނަލް ފިކްސް ޗޮކްލެޓާއި، ލަތާފާ ބްރޭންޑުގެ ސެންޓް އަދި ހިތްގައިމު ރީތި އަތްދަބަސް ފަށުވި ފޭރާމުން ލިބިގެންދާނެއެވެ.
ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމް ތަކެއްގައި އަބަދުވެސް ވަރަށް އެކްޓިވްކޮށް ފަށުވިފޭރާމުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ފަށުވިފޭރާމުން ލިބެން ހުންނަ އާބާޔާ ޑިޒައިންތަކާއި، އެންމެ ފަހުގެ ޕްރޮމޯޝަންތައް ( ޓިކްޓޮކް، އިންސްޓާރ، ފޭސްބުކް، ވައިބަރ) ފެންނަން ހުންނާނެއެވެ.
ކޮންމެ މަހެއްގައި ޕްރީ އޯރޑަރ ކޮށްލުމުގެ ފުރުޞަތު ކަސްޓަރަމުންނަށް ފޯރުކޮށްދިނުމުގެ އިތުރުން އާ ޑިޒައިންތައްވެސް ކޮންމެ މަހެއްގައި ފިހާރައިން ލިބިގެންދާނެއެވެ.
ވިލާ ޓީވީން ކޮންމެ ހަފްތާއަކު ގެނެސްދޭ މަންމަ ޕްރޮގްރާމްގެ އިތުރުން އެސްއެސް ޓީވީ އިން ގެނެސްދިން ލޭފަވެތި ހިތަކުން، މި ޕްރޮގްރާމްތަކުގެ އަބާޔާ ސްޕޮންސާކޮށްފައިވަނީ ވެސް ފަށުވިފޭރާމުންނެވެ.
ޢުމްރާއަށްދާ ބޭފުޅުންގެ މެދުގައި އެންމެ މަޤްބޫލް ސިމްޕަލް ޑިޒައިންތަކުގެ އަބާޔާތައް ޚާއްސަ އަގުތަކުގައި ފަށުވިފޭރާމުން ފޯރޮކޮށްދެއެވެ.
މިދިޔަ ރޯދަމަހުވެސް ކާމިޔާބު ޕްރޮމޯޝަންތައް ފަށުވިފޭރާމުން ކުރިއަށް ގެންދިޔައިރު ނަސީބުވެރި ފަރާތްތަކަށް މެލޭޝިޔާ ބެންކޮކް، ލަންކާގެ ދެކޮޅު ޓިކެޓް ލިބިގެން ދިޔައެވެ.
ކޮލީޓީ އަބާޔާ ހެޔޮއަގުގައި ހޯދުމަށް އިތުބާރާއިއެކު ފަށުވިފޭރާން ފިހާރައަށް ޒިޔާރަތްކޮށްލެވިދާނެއެވެ. ނުވަތަ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން އޮންލައިންކޮށް އޯޑަރ ކޮށްލެވިދާނެއެވެ.
ފަށުވިފޭރާން ފިހާރަ ހުންނާނީ ހުޅުމާލެ، ރަބަރުގަސްމަގު 9 ގައެވެ. ގުޅޭނެ ނަންބަރަކީ 7670427 އެވެ.