English Edition
Dhivehi Edition
Refreshing melon smoothie

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ 4 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު ބުއިމެއް ކަމަށްވާ “ މެލަން މިލްކްޝޭކް” ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާތަކެތި: (އެންމެ މީހަކަށް)
350ގ މެލަން ތޮށި މަށާފައި އޮށްނަގާފައި ކޮށާފައި
50 އެމްއެލް ފުލްކްރީމް ކިރު
50ގ ވެނީލާ އައިސްކްރީމް

ތައްޔާރު ކުރާނެގޮތް:
މެލަން، ކިރު އަދި އައިސްކްރީމް މިކްސަރަށް އަޅާފައި ރަނގަޅަށް ގިރާލާށެވެ. ދެން ބިއްލޫރި ތަށްޓަކަށް އައިސްކިއުބް އަޅާފައި މީގެތެރެއަށް ތައްޔާރުކުރި މިލްކްޝޭކް އެޅުމަށްފަހު ސާރވް ކުރާށެވެ.

ނޯޓް: މި މިލްކްޝޭކް ތައްޔާރުކުރަން ބޮޑަށް ރަނގަޅުވާނީ ރޯދަވީއްލާ ގަޑި ކައިރިވުމުންނެވެ.
މަތީގައި ވާރެސިޕީ އަކީ އެންމެ ތަށްޓެއް ގިރާލަން ބޭނުން ކުރެވިދާނެ އަދަދެވެ.