English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ: ފޮޓޯ އައްޑޫ ސިޓީކައުންސިލް

އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރާ އަހަރީ ބައްދަލުވުން އަންނަ ހަފުތާގައި ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މި ބައްދަލުވުމަކީ ކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އިން ބުނީ، މި ބައްދަލުވުން އޮންނާނީ މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:30 ގައި ކަމަށެވެ. ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކައުންސިލް އިދާރާގެ ހޯލުގައެވެ. މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

މި ޖަލްސާގައި މިދިޔަ އަހަރު ކައުންސިލުން ހިންގި އެކި ހަރަކާތްތަކާއި މަސައްކަތްތަކުގެ ރިޕޯޓު ހުށަހެޅުން އޮންނާނެއެވެ. މީގެ އިތުރުން، ކައުންސިލްގެ މާލީ ރިޕޯޓު ރައްޔިތުންނާ ހިއްސާކުރުން ވެސް މި ބައްދަލުވުމުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ކައުންސިލްގެ އިދާރާ އިން ބުނެއެވެ.

ކައުންސިލް އިދާރާ އަށް ހާޒިރުވެވެން ނެތް ފަރާތްތަކަށް އޮންލައިންކޮށް މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. ވާޗުއަލްކޮށް ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ލިންކް، ކައުންސިލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފަހުން ހިއްސާކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.