English Edition
Dhivehi Edition

މަލްޓި ގްރޫޕްގެ އާ ފިހާރަ “މަލްޓި ހާޑްވެއަރ” އައްޑޫސިޓީ ހިތަދޫގައި ހުޅުވައިފިއެވެ.

ހިތަދޫގެ މޫލެކެޑެ ސަރަޙައްދުން ބޮޑު މަގުމަގުގައި ހުޅުވި މި ފިހާރަ ފަރުމާކޮށްފައި ވަނީ ޖާގަ ތަނަވަސް ، ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރިކޮށްލެވޭގޮތަށެވެ.
ފެންވަރު ރަނގަޅު ހާޑްވެއަރ، ޓޫލްސް، ގޭތެރޭގެ ސާމާނު، ކަރަންޓު ސާމާނު، އަދި ހިފާ ގެންގުޅޭ ގޭތެރޭގެ ގިނަ ސާމާނު ހެޔޮ އަގުގައި މިފިހާރައިން ލިބެން ހުންނާނެކަމަށް މަލްޓި ގްރޫޕްގެ އޮފިޝަލަކު މަޢްލޫމާތު ދީފައިވެއެވެ.

“މަލްޓީ، މިނަމަކީ އައްޑޫގައި ވަރަށް ގިނަ ބަޔަަކަށް އެނގޭ ނަމެއް. 90 ގެ އަހަރުތަކުން ފެށިގެން އައްޑޫގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ނަމެއް. ދެން، ރޯދަމާހާއި ދިމާކޮށް އަޅުގަނޑުމެން އާ ފިހާރަ މިހުޅުވީ. މިއީ އައްޑޫގައި އަޅުގަނޑުމެން ހުޅުވާ ތިންވަނަ ފިހާރަ. އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ތަކެތި އެއްފުރާޅެއްގެ ދަށުން ހެޔޮއަގުގައި އައްޑޫގެ ރައްޔިތުންނަށް ފޯރުކޮށްދިނުން” އޮފިޝަލު އިތުރަށް ކިޔައިދިނެވެ.

ފިހާރަ ހުޅުވުމާއި ދިމާކޮށް އެފިހާރައިން ވިޔަފާރިކުރާ ފަރާތްތަކަށް ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މިގޮތުން އޭޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް، އެފިހާރައިން ކުރާ ކޮން 250ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރަން ފަށާފައިވެއެވެ.

ލަކީޑްރޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ ގުޅުއަތުން ހޮވޭ އެންމެ ފުރަތަމަ ފަރާތަކަށް 65 އިންޗީގެ ޓީވީއެއް، ދެވަނަ އަށް ހޮވޭ ފަރާތަކަށް އޮޓޮމެޓިކް ދޮންނަ މެޝިނެއް، އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް މައިކްރޯވޭވް އަވަނެއް ލިބޭނެކަމަށް ވެސް އެފަރާތުން މަޢްލޫމާތުން މަޢްލޫމާތު ދީފައިވެއެވެ.