English Edition
Dhivehi Edition

ކޮންފަޑަރޭޝަން ކަޕްގައި ރޭ ނިއުޒިލޭންޑް އާއި މެކްސިކޯ ބައްދަލު ކުރިމެޗު 2-1 ލަނޑުން މެކްސިކޯ ކާމިޔާބުކޮށްފިއެވެ. ރަޝިޔާގެ ފިޝްޓް އޮލިންޕިކް ދަނޑުގައި ރޭ ކުޅުނު ކޮންފަޑަރޭޝަން ކަޕްގެ ގުރޫޕް އޭގެ ދެވަނަ މެޗުގައި ނިއުޒިލޭންޑް އިން 1 ލަނޑު ޖަހައި ލީޑު ނަގާފައިވަނިކޮށް މެކްސިކޯއިން ފަހަތުން އަރައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ މެކްސިކޯ ކޮޅަށް ބަދަލުކޮށްފައެވެ.މުޅި މެޗު ފެށިގެން ވެސް ނިއުޒިލޭޑްގެ ގޯލަށް މެކްސިކޯއިން ބާރުބޮޑު ކުރިކަމުގައި ވީނަމަވެސް މެޗުގެ ފުރަތަމަ ގޯލް ފުރަތަމަ ހާފްގެ 42 ވަނަ މިނިޓްގައި ނިއުޒިލޭންޑްއިން ވަނީ ކާމިޔާބު ކޮށްފައެވެ.މި ލަނޑު ނިއުޒިލޭންޑްއަށް ކާމިޔާބުކޮށް ދީފައިވަނީ ވޫޑްއެވެ. ފުރަތަމަ ހާފް ނިއުޒިލޭންޑް ލީޑުގައި އޮވެގެން ނިމުނު ކަމުގައި ވީ ނަމަވެސް މެކްސިކޯއިން ވަނީ ދެވަނަ ހާފްގެ ކުރީކޮޅުގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.މި ލަނޑު ދެވަނަ ހާފްގެ 54ވަނަ މިނެޓްގައި ކާމިޔާބުކޮށް ދީފައިވަނީ ޖިމެނެޒްއެވެ.އަދި ދެވަނަ ހާފްގެ 73ވަނަ މިނެޓްގައި ޕެރަލްޓާ ވަނީ މެޗުގެ ދެވަނަ ގޯލް މެކްސިކޯއަށް ކާމިޔާބުކޮށްދީ މެޗުން މެކްސިކޯމޮޅުކޮށްދީފައެވެ. މިނަތީޖާ އާއި އެކު ހަތަރު ޕޮއިންޓްއާއި އެކު އެއްވަނާގައި މެކްސިކޯ އޮތްއިރު އެއްވެސް ޕޮއިންޓްއެއް ނުލިބި ނުއޔޒިލޭންޑް ވަނީ ގުރޫޕްގެ އެންމެ ފަހަތަށް ޖެހިފައިއެވެ.މި ގުރޫޕްގެ ދެވަނަގައި ޕޯޗުގަލް އޮތްއިރު މުބާރާތް ބާއްވާ ގައުމު ރަޝިޔާ އޮތީ ތިންޕޮއިންޓް އާއި އެކު ތިންވަނާގައެވެ.