ރައީސް ވިދާޅުވީ މުހައްމަދު ނައީމްގެ އަގުހުރި ހިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށެވެ.
މީގެ ބައި ގަރުނަށްވުރެ ކުރިން، ޓޫރިޒަމަށް ރާއްޖެ ހުޅުވައިލުމަށްފަހު، އިންޓަނޭޝަނަލް ދަތުރުތައް އިތުރުކުރުމަށްޓަކައި ގައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ހިދުމަތް ދޭން ފެށުން ގުޅިފައިވަނީ ނައީމްގެ ހަނދާންތަކާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހިންގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށް، އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވެރިންނަށާއި މުވަައްޒަފުންނަށް ރައީސް ވަނީ ތައުޒިޔާ ދަންނަވާފައެވެ. މީގެ އިތުރުން މަރްހޫމް މުހައްމަދު ނައީމް ހުސައިނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ރައީސް ވަނީ ދުއާކުރައްވާފައެވެ.