English Edition
Dhivehi Edition
ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް މި އަހަރުގެ ފެށުން ވަރަށް ރަނގަޅު ކަމަށާއި، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ހަތް ހާހަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 79،004 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 13.6 ޕަސަންޓުގެ ކުރިއެރުމެކެވެ. ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު އިތުރުވެފައިވާއިރު، ތަފާސްހިސާބުތައް ދައްކާ ގޮތުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7،182 ޓޫރިސްޓުން ރާއްޖެ އާދެއެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެ ގައުމުން 14،638 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ 18.5 ޕަސަންޓެވެ. ލިސްޓުގެ ދެވަނައިގައި އޮތް އިޓަލީން 10،298 ޓޫރިސްޓުން އައިސްފައިވާއިރު، އެއީ 13 ޕަސަންޓު ހިއްސާއެވެ.

ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ތަންތަން ދަނީ ހިންގަމުންނެވެ. އެގޮތުން މި ވަގުތު ޓޫރިޒަމްގެ 1،337 ފެސިލިޓީއެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، މި ތަންތަނުގައި ޖުމްލަ 67،647 އެނދު ހިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޓެގު