English Edition
Dhivehi Edition
މަރަދޫ ސިއްހީ މަރުކަޒު
ހެލްތް މިނިސްޓްރީން އިސްނަގައިގެން ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓާ ގުޅިގެން ސިއްހީ ދާއިރާގެ އިދާރީ މުވައްޒަފުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.
މި ޕްރޮގްރާމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މުހިންމު ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމް އަމާޒުކޮށްފައިވަނީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންނަށެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި، މާލީ ކަންކަން ބެލެހެއްޓުމުގައި ދައުލަތުގެ ގަވާއިދުތަކަށް އަމަލުކުރާނެ ގޮތްތަކާއި، އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

ހެލްތް މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަދަ ތަމްރީންތަކުގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިދާރީ އަދި މާލީ ކަންކަން ބެލެހެއްޓުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.