English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނު މީހާ އޮތީ ކާކުކަން ނޭނގޭ ވަރަށް ކުނިވެފައި ކަމަށް ފުލުހުން ބުނެފިއެވެ.

ކިނޮޅަހާ ދިމާ ބޭރުކަނޑުމަތިން އޮޔާދަނިކޮށް އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ އިއްޔެ ހަވީރު 4:30 ހާއިރުއެވެ.

ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުގެ ސަބަބުން މިހާތަނަށް އެ މީހާގެ ޖިންސް ދެނެގަނެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.