English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް/ފޮޓޯ ޢާސިމާ ނަޖުމީ
އައްޑޫ ސިޓީގައި ނުރައްކާތެރި ކެމިކަލް ރައްކާތެރި ގޮތުގައި ނައްތާލުމަށްޓަކައި ހާއްސަ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އެންވަޔަރަމެންޓް މިނިސްޓްރީން އިއުލާނުކޮށްފިއެވެ. މިއީ “އެލިމިނޭޓިން ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް” ގެ ނަމުގައި ހިންގާ މަޝްރޫއުގެ ދަށުން އައްޑޫގައި ގާއިމުކުރާ ސައިޓޯޓޮކްސިކް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެކެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. ރަޖިސްޓްރީ ކުރަން ޖެހެނީ [email protected] އަށް އީމެއިލް ކޮށްގެންނެވެ. މިނިސްޓްރީން ކަނޑައަޅާފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އެ އޮފީހުން ބުނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ ޖަނަވަރީ 8 ގެ ނިޔަލަށް ސުވާލު ފޮނުވުމުގެ ފުރުސަތު އޮންނާނެއެވެ.

ބީލަން ބަލައިގަތުން އޮންނާނީ 2026 ޖަނަވަރީ 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައެވެ. ބީލަން ހުށަހަޅަން ޖެހޭނީ އެންވަޔަރަމެންޓް މިނިސްޓްރީ ހިންގާ ދަރުބާރުގެ ފާށަނާ މާލަމުގެ ރިސެޕްޝަނަށެވެ. ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށާއި، ބީލަން ހުޅުވުން އޮންނާނީ ހަމަ އެ ދުވަހުގެ 11:05 ގައި ކަމަށް އިއުލާނުގައިވެއެވެ. މި ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަހެވެ.

ޓެގު