English Edition
Dhivehi Edition

ގދ.ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް / ހޯދަޑު. ބޯގަންވިލާ، ސާމީ އަބްދުލްހަމީދު (35އ) އެވެ.

ފުލުހުން ވަނީ ސާމީ އަބްދުލްހަމީދު އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7791755 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.

ފަހަަކަށް އައިސް މަކަރާއި ހީލަތުން ފައިސާ ފޭރުމުގެ މައްސަލަ އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.