English Edition
Dhivehi Edition
ހުޅުމާލެއިން ނެގި ބައެއް ޕްލާސްޓިކް ކުނި - ފޮޓޯ: މައި ހުޅުމާލެ

1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން މަނާ ކުރާ ތާރީހު 2028 ވަނަ އަހަރަށް ފަސްކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ލަފާގެ މަތިން ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ގަރާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ގެންނެވި އިސްލާހާއެކު 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރަން ފެށުން ޑިސެންބަރު 1، 2027 އަށް ވަނީ ފަސްކޮށްފައެވެ.

މި އިސްލާހުގެ ކުރިން ޕްލާސްޓިކް ކުދި ފުޅި މަނާކުރަން ފެށުމަށް ކަނޑައަޅުއްވާފައިވަނީ ޑިސެންބަރު 1، 2025 ގައެވެ.

ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރު ކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ކަނޑައަޅާ އެ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކޮށް އެކުލަވާލާފައިވާ ގަރާރުގެ ދަށުން 14 ބާވަތެއްގެ ޕްލާސްޓިކް މަނާކުރުމަށް ވަނީ ނިންމާފައެވެ.