އަންނަ ދިރާސީ އަހަރު ސްކޫލްތައް ހުޅުވެން ވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ހުރިހާ ޓަވަރަަކަށް މީހުންނަށް ވަދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މައްޗަންގޯޅި ރައްޔިތުންނާއި ބައްދަލުކުރައްވަން ރޭ އަމީނިއްޔާ ސްކޫލްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ހުރިހާ ޓަވަރަކަށް އަންނަ ދިރަސީ އަހަރު ފެށެންވާއިރަށް މީހުންނަށް ވަދެވޭނެ ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ އެފްޑީސީން މިހާރު ކުރިއަށްގެންދަަނީ ކަރަންޓާއި އެ ނޫންވެސް ހިދުމަތްތައް ފްލެޓްތަކުގައި ގާއިމް ކުރުމުގެ މަސައްކަތް ކަަމަށެވެ. އަންނަ ޑިސެމްބަރު މަސް ނިމޭއިރަށް ގިނަ މީހުންނާ ފުލެޓުތައް ހަވާލުކުރެވޭނެ ކަމަށް އެފްޑީސީއާ ހަވާލާދީ އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައސް ވިދާޅުވީ ކުރީ ސަރުކާރުން ފުލެޓު ދިނުމަށް ކަނޑައަޅާފައި އޮތް ލިސްޓުގައި މައްސަލަތައް ހުރި ނަމަވެސް، ބަދަލެއް ގެންނަން ބޭނުންނުވީ، ވައުދާ ހިލާފަށް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާތީ ކަމަށެވެ.