އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ނިޔަމި ކޯސް 2” ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ކޯހަކީ އައްޑޫ ގައި ކަނޑު އުޅަނދު ދުއްވާ ފަރާތްތަކަށާއި، އަލަށް ކަނޑު އުޅަނދު ދުއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށާއި އަދި މަސްވެރިންނަށް އަމާޒުކޮށްގެން މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި އައްޑޫސިޓީ ކައުންސިލާއި ގުޅިގެން އައްޑޫސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެއް ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރާއި މެއިލް އެޑްރެސް ނޮވެމްބަރު 30 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް އެ އިދާރާގެ (ފޯނު ނަންބަރު: 7925003) އަށް ވައިބަރ ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.