ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭގައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ވިކާޝް އަހުމަދުއެވެ. އޭނާއަށް އިތުރު ފަރުވާ ދިނުމަށް މިދިޔަ އަންގާރަ ދުވަހު މާލެ ގެނެސްފައިވާއިރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ މިއަދު އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްވީ އޭނާ ދުއްވި ސައިކަލުން ގެއެއްގެ ފާރުގައި ޖެހިގެން ކަމަށެވެ. އަދި އޭނާ ވެއްޓިފައި އޮއްވާ ފެނުނީ ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް، އެ ރޭ މެންދަމު 1:30 ހާއިރު ކަމަށެވެ.
އޭނާ މިއަދު މެންދުރު ނަމާދަށްފަހު ވަނީ ވަޅުލައިފަ އެވެ.