އަލަށް ތަރައްގީ ކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓާމިނަލް ހުންނަން ޖެހޭ ވަރަށް ވުރެ މާ ފިނި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއާޕޯޓުގައި ފިނިހޫނުމިން ހުންނަނީ 15 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ. އަދި މިއީ މާ ބޮޑަށް ފިނިވެފައި، އިސްރާފު ބޮޑު ގޮތެއް ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ 20 އާއި 25 ޑިގްރީ ސެލްސިއަސްއާ ދެމެދު އެއާޕޯޓުގެ ފިނި ހޫނުމިން ބެހެއްޓުމަކީ ރަނގަޅު ގޮތް ކަމަށެވެ.
ނަޝީދުގެ އެ ޕޯސްޓަށް ބައެއް މީހުން ކުރި ކޮމެންޓުތަކުގައި ވެސް ވަނީ، އެއާޕޯޓުގައި މާ ބޮޑަށް ފިނި ގަދަ ކަމަށް ބުނެފައެވެ.