English Edition
Dhivehi Edition
ބީއެމްއެލް ކާނިވަލުގެ ތެރެއިން / ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން އައްޑޫ ސިޓީގައި ބޭއްވި ކާނިވަލަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ތިން ދުވަހުގެ މުއްދަތަށް ބޭއްވި މި ކާނިވަލުގައި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން، ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކާއެކު މިއުޒިކް ޝޯއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިހާތަނަށް އައްޑޫގައި ބޭއްވި އެންމެ ފޯރިގަދަ މި ކާނިވަލަށް އެ ސިޓީއިން ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު މިއީ އެ ސިޓީގައި ބޭއްވި އެންމެ ފޯރިގަދަ އެއް ކާނިވަލުކަން ފާހަގަކޮށްލެވެއެވެ.

ބީއެމްއެލް ކާނިވަލުގެ ތެރެއިން / ފޮޓޯ: ބީއެމްއެލް

މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ލަކީޑްރޯއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ލަކީޑްރޯއިން ހޮވުނު ހަތަރު ފަރާތަކަށް ޖުމްލަ ހަތަރު ސައިކަލު ދޫކޮށްފައިވާއިރު ކާނިވަލުގެ އިންތިޒާމުތައް ވަރަށް ފުރިހަމަކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މި ކާނިވަލާއި ގުޅޭ ގޮތުން ބީއެމްއެލްއިން ބުނީ އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.