English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް ފަން ރަން ބިލްޑިން ލައިޓްތަކުގެ ވީޑިއޯތައް ރެކޯޑްކޮށް، ޝެއާ ކޮށްގެން ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫ ފަން ރަން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ އުރީދޫ ބިލްޑިން ކޮންމެ ރެއަކުވެސް ދިއްލާފައިވާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. އުރީދޫއިން ވަނީ ފަން ރަން ބިލްޑިން ލައިޓްތަކުގެ ވީޑިއޯތައް ރެކޯޑްކޮށް ޝެއާ ކުރުމަށް ހުރިހާ ފަރާތްތަކަށް ދައުވަތު ދެމުން އުރީދޫ އިން ބުނީ ވީޑީއޯ ޝެއާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއް ލިބިގެންދާނެ ކަމަށެވެ.

މި ހާއްސަ ހަރަކާތުގައި ބައިވެރިވުމަށް:

  • އުރީދޫ ފަންރަން އަށް ހާއްސަ ކޮށް އުރީދޫ ބިލްޑިންގް ދިއްލާލާފައިވާތަނުގެ ވީޑިއޯއެއް ނަގުން
  • އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކް ގައި ޕޯސްޓްކުރުން
  • އުރީދޫ މޯލްޑިވްސް ޓެގްކޮށް އަދި އުރީދޫ ފަންރަން ހޭޝްޓެގް ބޭނުންކުރުން (ooredoomaldives #OoredooFunRun@)

މި މުބާރާތް ކުރިއަށް ދާނީ 31 އޮކްޓޯބަރު 2025ގެ ނިޔަލަށް ކަމަށް ވެއެވެ. އުރީދޫ ފަންރަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 19 ގައި ހުޅުމާލޭގައެވެ.