English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

ގަތަރުގެ ދޯހާގައި ބާއްވާ “ދޯހާ މެރެތަން 2026″ގައި ބައިވެރިވާން ބޭނުންވާ 15 ދުވުންތެެރިއެއްގެ ރެޖިސްޓްރޭޝަން ފީ އުރީދޫ މޯލްޑިވްސްއިން ދައްކާ ދޭން ނިންމައިފިއެވެ.

އުރީދޫ ގަތަރުުން ސްޕޮންސާ ކުރާ މި މެރެތަން އޮންނާނީ ޖެނުއަރީ 16، 2026 ގައި ގަތަރުގައެވެ. މިއީ 15،000 އަށްވުރެ ގިނަ މީހުން ބައިވެރިވާ ދުވުމެކެވެ.

މިފަހަރު އުރީދޫން މި ދުވުމުގައި ބައިވެރިވާން ބޭނުންވާ 15 ދުވުންތެެރިއެއްގެ ރެޖިސްޓްރޭޝަން ފީ ސްޕޮންސަރުކޮށްދޭން ނިންމާފައިވާ އިރު އުރީދޫ މޯލްޑިވްސް އިން މި ފުރުސަތު ދޭން ނިންމާފައި ވަނީ ދިވެހިންނަށް އެކަންޏެވެ. މި ފުރުސަތު ހޯދަން އުރީދޫން ހާއްސަ ޗެލެންޖެއްގައި ބައިވެރިވުމަށް ހުޅުވާލައިފައިވާއިރު މި ޗެލެންޖްގައި ބައިވެރިވުމަށް ފުރަތަަމަ ޖެހޭނީ ސައިންއަޕް ވާށެވެ.

ސައިންއަޕް ވުމަށްފަހު 10،000 ކިލޯމީޓަރަށް ދުވުފައި ނޫނީ ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައި އެ ތަފްސީލު ހިއްސާ ކުރަން ޖެހޭނެއެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ނޮވެމްބަރު 24 ގެ ކުރިން ސައިންއަޕް ވާން ޖެހެއެވެ.