English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ހުޅުމާލެ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލް އަންހެނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

އިއްޔެ މެންދުރު ހުޅުމާލޭ 1 ގައި ހުންނަ ފިހާރައެެއްގައި މަސައްކަތްކުރާ 21 އަހަރުގެ އަންހެންމީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގަލްދޭޝަށް ނިސްބަތްވާ ޖަހަންގިރް މިއާ، 25، އެވެ.

އޭނާ ހައްޔަރުކުރީ ސީސީޓީވީ ފޫޓޭޖް ބަލައިގެންނާއި އެހެނިހެން ގޮތްގޮތުން ކުރެވުނު ތަހުގީގުން އެ މީހާ ހުރި ތަން ހޯދައިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.