English Edition
Dhivehi Edition
ފޮޓޯ:އެމްއެންޑީއެފް
ބާޒާރުމަތީ މަސްމާރުކޭޓު ކައިރީގައި ހުންނަ ލިލީ އެފްއެންޑްބީ ސަޕްލަޔާޒް 1 ބާޒާރުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވެ ނިއްވައިލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބިފައިވަނީ ރޭ 01:00ހާ އިރުއެވެ. އެމްއެންޑީއެފް އިން ބުނީ ހާދިސާގެ މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ. އަދި ފަޔާފައިޓަރުން ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން ނިއްވާލެވުނީ ރޭ 02:39 ހާއިރުކަމަށް އެމްއެންޑިއެފް އިން ވަނީ ބުނެފައެވެ.
މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔާފައިޓަރަކު ހާލުދެރަވެގެން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާއިރު މީގެ އިތުރުން އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.
މި ހާދިސާގައި އަލިފާން ރޯވިތަނުގައި ހުރި ގިނަ އަދަދެއްގެ މުދަލަށް ގެއްލުންވެ ތަނުގެ ފުރާޅުން ބައެއް ވަނީ ވެއްޓިފައެވެ.