English Edition
Dhivehi Edition
ނޫސްވެރިން އިހުތިޖާޖުކުރަނީ- / ފޮޓޯ: މިހާރު

މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ހިޔާލު ފާޅުކުރަން މިރޭ އާޓިފިޝަލް ބީޗުގައި ފޯރަމެއް އޮންނާނެކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

މި ބިލާ ގުޅޭ ގޮތުން ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން މިރޭ ފޯރަމެއް ބާއްވާނެކަން އިއުލާންކޮށް ބުނީ ފޯރަމް ކުރިއަށްދާނީ ‘އޯޕަން މައިކް’ އުސޫލުން ބިލާ ގުޅޭ ގޮތުން އެންމެނަށް ވެސް ހިޔާލުފާޅުކުރެވޭ ގޮތަށް ކަމަށެވެ. ބިލާ ގުޅޭ ގޮތުން އާންމުންގެ ހުރި ސުވާލުތަކަށް ނޫސްވެރިކަމާއި ގާނޫނީ ދާއިރާ އަދި ހިޔާލުފާޅުކުރުމުގެ ހައްގުގެ ދާއިރާގެ ތަޖުރިބާކާރުން ޖަވާބުދެމުން ދާނެ ކަމަށް ވެސް އެމްޖޭއޭއިން ވަނީ ބުނެފައެވެ.

ބިލާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރަން އެމްޖޭއޭއިން ތަފާތި ހަރަކާތްތައް ހިންގަމުން އަންނައިރު މިދިޔަ ދެ ދުވަހު ހަވީރު އާންމު ތަންތަނަށް އެއްވެ ތިބި މީހުންނަށް، ބިލުން އާންމުންނަށް ކުރާނެ އަސަރު ލިޔެފައިވާ ލީފްލެޓްތަކެއް ވަނީ ބަހައިފައިވެއެވެ.