English Edition
Dhivehi Edition
ނޫސްވެރިން އިހުތިޖާޖުކުރަނީ- / ފޮޓޯ: މިހާރު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ކޮމިޓީ މަރުހަލާގައި ބިލަށް ގެނައުމަށް އެޓާނީ ޖެނެރަލް އޮފީހަށް ފެންނަ އިސްލާހުތަކެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

އޭޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އިސްލާހުތައް މަޖިލީހުގެ އިދާރާއަށް ސެޕްޓެމްބަރު 9 ވަނަ ދުވަހު ހުށަހަޅާފައިވާކަމަށާއި، އެގޮތުން ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށް ހުށަހަޅާފައިވާކަމަށެވެ.

މީގެ އިތުރުން އޭޖީ އިން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި:

  • އިސްލާމް ދީނާއި ހިލާފު ވާހަތަކާއި ފާހިޝް އަމަލުތަކަށް ހިތްވަރު ދޭ ވާހަތަކަށް ފެތުރުން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން
  • ބިލުގެ 18 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީއެއްގެ މަގާމުގައި ހުރުން މަނާކުރުމުގެ ބަދަލުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން ހިމަނުން
  • ތެދު މައުލޫމާތު ހިމެނުމުގެ އިތުރުން އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ހަބަރު ގެނައުން ހިމެނުން
  • އެކި ފަރާތްތަކުގެ އަމިއްލަ މިނިވަންކަމުގެ ތެރެއަށް ނުހައްގުން ވަދެގެން ނުވާނެކަން އޮތް އޮތުން ބަދަލުކޮށް، މިނިވަން ކަމުގެ ދާއިރާއަށް އިހުތިރާމު ކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުން
  • ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުން
  • މީޑިއާގެ ކޮންޓެންޓުގެ ފެންވަރު ރަނގަޅުކުރުމަށް ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް އެޑިޓަރުންގެ ފުރިހަމަވޭތޯ ކަނޑައެޅުމަށް ހިމެނުން
  • ކޮމިޝަނުގެ ހަރަދުތައް ހަމަޖެއްސުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައެޅުމަށް ހިމެނުން
  • ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގައި ރައީސްގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17،19، އަދި 20 ވަނަ މާއްދާ އިސްލާހުކުރުން