English Edition
Dhivehi Edition
އައިޝަތު ޝިޔާޒާ / ފޮޓޯ: ފުލުހުން

މަސްތުވާތަކެއްޗާއެކު މިދިޔަ ޖުލައި މަހު ހައްޔަރުކުރި އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ)އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މައްސަލަ ބެލުމަށް ފަހު އެ ގޮތަށް ނިންމުމުންނެވެ.

ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ޝިޔާޒާ ހައްޔަރުކޮށްފައިވާއިރު، މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވަނީ ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ)އެވެ.

މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވެއެވެ.