English Edition
Dhivehi Edition
A total lunar eclipse – also known as a blood moon seen from high above St Georges Bay, St Julians , Malta tonight. Pic. Brian Arthur

ސެޕްޓެމްބަރު 7 ވާ އާދިއްތަ ދުވަހު ހިފާ ހަނދު ކޭތައާ ގުޅިގެން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކޭތަ ނަމާދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭގެ ގަޑިން މާދަމާ ރޭ 08:28 ގައި ކަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މާދަމާ ރޭ 11:11 ގައިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ކޭތަ ވީއްލާނީ ރާއްޖެ ގަޑިން މާދަމާ ރޭ މެންދަމު 01:55 ގައިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި މާދަމާ ރޭ 11:12ގައި ކޭތަ ނަމާދު ކުރާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

މާދަމާ ރޭ ހިފުމަށް ހަމަޖެހިފައިވާ ހަނދުކޭތައަކީ އޭޝިއާ އާއި ޔޫރަޕުގެ އިތުރުން އެފްރިކާ ސަރަހައްދަށް ވެސް ފުރިހަމަ ހަނދުކޭތައަކާ އެކު “ބްލަޑް މޫން”އެއް ފެނިގެންދާނެ ހަނދު ކޭތައެކެވެ.