English Edition
Dhivehi Edition
އަބްދުއްރަހުމާންގެ މަރާ ގުޅޭ ގޮތުން މާޅޮހުގެ މީހަކާ ފުލުހުން މިދިޔަ އަންގާރަ ދުވަހު ސުވާލު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އއ. މާޅޮހުގައި ރަހުމުކުޑަ ގޮތަކަށް މަރާލި އަބްދުއްރަހްމާން އާދަމް (65އ) މަރުވީ އޭނަގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންކަން އޮޓޯޕްސީ ވަގުތީ

މިމަހުގެ 13 ވަނަ ދުވަހުގެ ދަންވަރު 1:50 ހާއި ދިރިއުޅޭ ގޭގައި ނިދާފައި އޮތްވާ އަބްދުއްރަހްމާނުއަށް ހަމަލާދީ މަރާލާފައިވާއިރު، އަދި މިހާތަނަށް މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އެންމެ ފަހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.