English Edition
Dhivehi Edition
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ފޮޓޯ: ސިވިލް ސާވިސް ކޮމިޝަން

ސިވިލް ސަވިސް މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުން ވެސް މަސައްކަތްކުރައްވަނީ އެއް އަމާޒަކަށް ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެއްޖެއެވެ.

ނާސިހު މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާކްސްއިން ބޭއްވި “އަހަރު މެދު މުރާޖާ 2025” ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި މުހައްމައްދު ނާސިހު ވިދާޅުވީ ކުރެވޭ މަސައްކަތްތައް މުރާޖާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރާވާ ކަންކަން ހާސިލްނުކުރެވުނު ސަބަބުތައް ދެނެގަތުމަކީ އެހައިމެ ބޭނުންތެރި ކަމެއްކަމަށް ނާސިހު ވިދާޅުވިއެވެ. މީގެ އިތުރުން ސެކްޝަން ނުވަތަ ޑިޕާޓްމެންޓްތަކުގެ މަސައްކަތްތައް ވެސް ދޭތެރެދޭތެރެއިން ރިވިޔުކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

“މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއަކީ މުޅިން އަލަށް އުފެއްދެވި މިނިސްޓްރީއަކަށް ވިޔަސް ވަރަށް އަވަސް މުއްދަތެއްދަތެއްގައި މި މިނިސްޓްރީ އަންނަނީ ކާމިޔާބުކަމާއެކީ ހިނގަމުން. ރަށްރަށުގެ ތަރައްގީއަށް ވަރަށް މުހިންމު މަސައްކަތްތަކެއް މި މިނިސްޓްރީން އަންނަނީ ކޮށްދެއްވަމުން”ނާސިހު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ނާސހު ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވައި މަސައްކަތްޕުޅު ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒަށް ޝުކުރުއަދާކުރެއްވިއެވެ.