English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހެޕީ މާކެޓް ރަމަޟާން ވޮލީބޯލް ޓޯނަމެންޓް”ގައި ރޭ،ޓީމް ޕެޓޫއާއި، ކުލަބް އީޖީޕީ ބައްދަލުކުރި މެޗު 3-0 ސެޓުން ޓީމް ޕެޓޫ ކާމިޔާބުކޮށްފިއެވެ. އެ މެޗުގެ ފިރެހެން މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ޕެޓޫގެ ޖާޒީ ނަމްބަރ 10 ހަމްދޫން ފަހުމީއެވެ. އަންހެން މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަމައެޓީމުގެ ޖާޒީ ނަމްބަރ 5 ފާތިމަތު ރިޒްނާއެވެ. މި މުބާރާތަކީ ފޭދޫ ޒުވާނުން އިސްނަގައިގެން މިރޯދަމަހު ބާއްވަމުންދާ މުބާރާތެކެވެ. މަގުސަދަކީ ކުޅިވަރުގެ ރޫހު އެރަށުގައި އާލާކޮށް ދިރުވުމެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާއި، ދި ފޭދޫ ސްޕޯޓްސް ކުލަބާއި، ބެންކުއިޓުގެ އެހީތެރިކަމާއެކުގައެވެ. މުބާރާތުގެ މެއިންސްޕޮންސަރަކީ ހެޕީމާކެޓެވެ. މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ. މި މުބާރާތުގައި ދެންކުޅޭނީ ސެމީ ފައިނަލް މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ ޗެމްޕިއަން ޓީމާއި، މިކްސް ސިކްސް އެވެ. މެޗު އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ޖުމްލަ 4 ޓީމް ވާދަކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ.