English Edition
Dhivehi Edition
އަބްދުއްރަހުމާންގެ މަރާ ގުޅޭ ގޮތުން މާޅޮހުގެ މީހަކާ ފުލުހުން މިދިޔަ އަންގާރަ ދުވަހު ސުވާލު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އއ. މާޅޮހުގައި މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު އެނބުރި ރާއްޖެ ގެނެސްފިއެވެ.

ފުލުހުން ބުނީ އޮޓޮޕްސީ ހެދުމަށްފަހު އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖުލައި 23 ވަނަ ދުވަހު ކަމަށާއި، އެ ދުވަހުގެ 19:50 އެހާކަންހާއިރު ހަށިގަނޑު މޯޗަރީ އަށް ލާފައިވާކަމަށެވެ.

އަބްދުއްރަހްމާންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

އަބްދުއްރަހްމާން އަށް ހަމަލާދީފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ދަންވަރު ވަގުތެއްގައި އަބްދުއްރަހްމާން ނިދާފައި އޮއްވައެވެ. އަބްދުއްރަހްމާން ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ބޮލުގެ ބޮޑުބައިވަނީ ޗިސްވެފައެވެ.